މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީން ގދ. ގައްދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން 24 ސެޕްޓެންބަރު 2014 ގައި ކުރި ނަންބަރު  (IUL)101-AF/1/2013/132، އިޢުލާނާ ގުޅިގެން ސަބާ ޕްރޮޖެކްޓުގެ ދަށުން ގދ. ގައްދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ މަރާމާތުގެ މަސައްކަތްކޮށްދޭން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިފަހަރު މަޢުލޫމާތު ސެޝަން ބޭއްވުމެއް ނޯންނާނެއެވެ. ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ގދ. ގައްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 ޛުލްޙިއްޖާ 1435

09 އޮކްޓޫބަރު 2014
ހޯދާ