މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ ހެޑްއޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ދެވޭ ދަޢުވަތު

 އިޢުލާން ނަންބަރު:134-PROC/I/2022/58

އިޢުލާން

07 އޮގަސްޓް 2022

 

މިފްކޯ ހެޑްއޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ދެވޭ ދަޢުވަތު

މިފްކޯ ހެޑްއޮފީހާއި ހެޑްއޮފީހުގެ ގޯތިތެރޭގައި ހިމެނޭ ސަރަހައްދާއި، މި ސަރަހައްދުގައި ހިމެނޭ މިފްކޯ މަސްފިހާރަ 01 ގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރ: 134-PROC/I/2022/53) އަށް އެކަށީގެންވާވަރަށް އަގުހުށައަޅާފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް

[email protected]

11 އޮގަސްޓް 2022

 

މެންދުރު 12:00ގެ ކުރިން

މަޢުލޫމާތު ކަރުދާސް

ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް

11 އޮގަސްޓް 2022

މެންދުރުފަހު  02:00ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

އީމެއިލް މެދުވެރިކޮށް

[email protected]

16 އޮގަސްޓް 2022

މެންދުރު 01.00ގެ ކުރިން

ބިޑް ހުޅުވުން

އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

16 އޮގަސްޓް 2022

 

މެންދުރުފަހު  02:00ގައި

 

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ކުންފުނި ރެޖިސްޓްރޭޝަން ނަމްބަރު / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަމްބަރު

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

07 އޮގަސްޓް 2022
ހޯދާ