މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކައުންސިލްގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ
މި ކައުންސިލްގެ ނަންބަރު : IUL)336/336/2022/42) ތާރީޚް: 06 ޖޫން 2022 ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދެއްވާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
މިނީލަމާއި ގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ކ.ގުޅީ، ޔޫތު ސެންޓަރ/ ބޮޑު ގުދަން
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 11 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގައި (ޔޫތް ސެންޓަރ)
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ޢުޞޫލު: ދުވަހުގެ ނީލަމުގައި
- ނީލަން ކިޔާނީ ޙާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
- ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ފައިސާ ދައްކާ ނިންމުމަށްފަހު ނީލަން ކިޔޭތާ 3 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ.
މިނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ނަންބަރު 6640068 ނުވަތަ 7880141 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 މުޙައްރަމް 1444
07 އޮގަސްޓް 2022
ހޯދާ