ދިވެހިރާއްޖެ
ތ.ވިލުފުށީ ހުޅަނގު އުތުރު ފަރާތުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުގައި ހުރި ބޮޑު ހިލަތައް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://bit.ly/3QpesPD މި ލިންކު މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދި 2022 އޮގަސްޓް 14 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކޮށް ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު 2022 އޮގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
ތާރީޚް |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
07 އޮގަސްޓް 2022 އިން 14 އޮގަސްޓް 2022 ގެ 13:00 ގެ ކުރިން |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް |
18 އޮގަސްޓް 2022 ގެ 13:00 ގެ ކުރިން |
އަންދާސީ ހިސާބު ހުށަހެޅުން |
18 އޮގަސްޓް 2022 ގެ 13:00 ގެ ކުރިން |
ތ.ވިލުފުށީ ހުޅަނގު އުތުރު ފަރާތުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދަށް ޖަހާފައިވާ ހިލަ ފުނި ނެގުމުގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، މި އިޢުލާނާއި އެޓޭޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.