އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާާާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާާާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާާބުކުރުމަށް 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންްމުކުރީމެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން، 2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން އަންނަނިވި މަޢުލޫމާތުތައް ހިމެނޭގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން ހުށަހެޅުން އެދެމެވެެ.

  1. ވޯޓުލުމަށް އެދޭ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް
  2. ވޯޓުލުމަށް އެދޭ ފަރާތުގެ ދިވެހިރައްޔަތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު
  3. ވޯޓުލުމަށް އެދޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ނަންބަރު
  4. ވޯޓުލުމަށް އެދޭ ފަރާތުން ވޯޓުލާން ބޭނުންވާ އަތޮޅާއި ރަށް

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެން ހުންނާނެއެވެެ.

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޛުލްޙިއްޖާ 1435  

 

09 އޮކްޓޫބަރު 2014
ހޯދާ