ދިވެހިރާއްޖެ
`
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓް |
ކާށިދޫ،ދިވެހިރާއްޖެ |
ނަންބަރު: H1C-A/2022/04
އިޢުލާނު
ޝަރީއަތް ކުރާ ބަޔަށް 04 ކޮށިގަނޑުހެދުމާއި ޝަރީއަތްކުރާ ބައިގައި ޕާޓިޝަންއެއް ހަރުކުރުން
މިކޯޓުގެ ޝަރީއަތްކުރާ ބަޔަށް 04 ކޮށިގަނޑުހެދުމާއި ޝަރީއަތްކުރާ ބައިގައި ޕާޓިޝަންއެއް ހަރުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 އޮގަސްޓް 14 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް: މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.