ދިވެހިރާއްޖެ
ރާއްޖޭގެ ދެކުނުގައި ސަރުކާރުން ޤާއިމުކުރައްވާ ޢަރަބިކް މީޑިއަމް ސްކޫލެއްގެ ގޮތުގައި ނޫރާނީ ސްކޫލް ހަމަޖައްސާފައިވާތީ 2015 ވަނަ އަހަރު ނޫރާނީ ސްކޫލްގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ، ޢަރަބިކް މީޑިއަމަށް ކިޔަވާ ކުދިންނެވެ. ކުދިން ވެއްދުމަށް އެދޭ ފޯމު ނޫރާނީ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.
2015 ވަނަ އަހަރު ޢަރަބިކް މީޑިއަމްގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށްފަހު، ކޮންމެއަހަރަކު ޢަރަބިކް މީޑިއަމްގެ ގްރޭޑެއް އިތުރުކޮށް، މުސްތަޤުބަލުގައި ނޫރާނީސްކޫލުގައި ޝަހާދާ ޘާނަވީ ފެންވަރުގައި ކިޔަވައިދެވޭނެއެވެ.
ގްރޭޑް 1 ގެ 60 ޖާގަ |
1- ޖާގަ |
1 ޖަނަވަރީ 2015 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ (1 ޖަނަވަރީ 2008 އިން 1 ޖަނަވަރީ 2009 އާ ދެމެދު އުފަންވެފައިވާ) ކުދީންނެވެ. 2014 ވަނަ އަހަރު ޔޫކޭޖީގައި ކިޔަވާ، 31 މާރިޗު 2009 ގެ ކުރިން އުފަންވެފައިވާ ކުއްޖަކު ސްކޫލަށް ވައްދަވަން އެދިލައްވާނަމަ، އެކުއްޖަކު ކިޔަވާ ސްކޫލަކުން ގްރޭޑް 1 ގައި ކިޔެވިދާނެކަމުގެ ލިޔުން ހުށަހެޅުއްވުމުން ގްރޭޑް 1 އަށް ޖާގަ ލިބިލައްވާނެއެވެ. |
2- ޢުމުރުފުރާ |
20 އޮކްޓޫބަރު 2014 އިން 10 ނޮވެންބަރު 2014 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 7:00 އިން މެންދުރުފަހުގެ 3:00 އަށް (މިމުއްދަތު ހަމަވުމުގެ ކުރިން 60 ޖާގައަށް ފޯމު ދޫކުރެވިއްޖެނަމަ އެހާހިސާބުން ފޯމު ދޫކުރުން ހުއްޓާލެވޭނެއެވެ. |
3- ފޯމު ދޫކުރުމާއި ބަލައިގަތުން |
- ސްކޫލަށް ވެއްދުމަށް އެދި ފުރިހަމަކޮށްފައިވާ ފޯމު - ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓުފިކެޓުގެ އަސްލާއި ކޮޕީ - ވެކްސިނޭޝަން ކާޑުގެ އަސްލާއި ކޮޕީ - ސްޓޭމްޕް ސައިޒުގެ 2 ފޮޓޯ |
4- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
- ޕްރައިމަރީ މަރުޙަލާގައި ޤައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުމުގެ އިތުރުން، ޢަރަބިބަސް ކިޔަވައިދެވޭނެއެވެ. އަދި މެތެމެޓިކްސްއާއި ސައިންސާ ގުޅުންހުރި އިތުރު 2 މާއްދާ ޢަރަބިކް މީޑިއަމަށް ކިޔަވައިދެވޭނެއެވެ. - ޘާނަވީ މަރުޙަލާގައި އެންމެހައި މާއްދާތައް ކިޔަވައިދެވޭނީ ޢަރަބިކް މީޑިއަމަށް. |
5- އިތުރު މަޢުލޫމާތު |
6885917 ނުވަތަ 9992282 |
6- ގުޅޭނެ ނަންބަރުތައް |