ދިވެހިރާއްޖެ
1. ތައާރުފު
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދޭތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމެވެ. މިގޮތުން އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.
ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގައި ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި، ސަބަބާއި، ޒާތާއި، ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެ ތެރެއިން ޝާއިޢުކުރަންޖެހޭ ކަންކަން ޝާއިޢުކުރުމަކީ މި އޮތޯރިޓީގެ މަސްޢޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި އޮތޯރިޓީއިން ވަނީ ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދިރާސާއަކީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކާއި އާބާދީތައް (އަންހެނުން، ފިރިހެނުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން) ތަމްސީލުވާނެހެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދިރާސާއެކެއެވެ. މި ކޮންސަލްޓަންސީގެ މަގުސަދަކީ މިދެންނެވި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ދިރާސާގެ ފުރިހަމަ މެތޮޑޮލޮޖީ އެއް ތައްޔާރުކޮށް، ސާމްޕްލިން ނަގައި، އަދި ސާރވޭ ޕްރޮޓޮކޯލް ތައްޔާރު ކުރުމުވެ. ވުމާއިއެކު،މި މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.
2. ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު
ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދިރާސާ ކުރިއަށް ގެންދިއުމުގެ މަޤްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ އަމަލު ފެތުރިފައިވާ ނިސްބަތާއި، ސަބަބާއި، ޒާތާއި، ވައްޓަފާޅިއާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުން ހިމެނެއެވެ.
2019 ވަނަ އަހަރު އޮތޯރިޓީއިން ވަނީ ކޮންސަލްޓަންޓެއްގެ އެހީއާއެކު އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދެނެގަތުމަށް ހިންގާނެ ދިރާސާއެއް ފަރުމާކޮށް އެ ދިރާސާގެ ސަރވޭ މެތޮޑޮލޮޖީ (ކޮލިޓޭޓިވް އަދި ކުއަންޓަޓޭޓިވް)، އަދި ސަރވޭ ޕްރޮޓޮކޯލް ތައް ހިމެނޭ ރިޕޯޓެއް އެކުލަވާލާފައެވެ. އެގޮތުން މި އިޢުލާނުގައިވާ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންސަލްޓަންޓްގެ ވަކިވަކި މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.
2.1. އިންސެޕްޝަން ރިފޯޓް ތައްޔާރުކުރުން:
މިއީ މިފަދަ ދިރާސާއެއް ރާއްޖޭގައި ކުރެވޭ ފުރަތަމަ ފަހަރު ކަމުން މިފަދަ ދިރާސާއެއް ހިންގުމުގެ މަޤްޞަދާއި މި ދިރާސާއިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި މިފަދަ ދިރާސާއެއްގެ މުހިންމުކަން ފާހަގަކޮށް އިންސެޕްޝަން ރިޕޯޓެއް ތައްޔާރުކުރުމެވެ. މި އިންސެޕްޝަން ރިޕޯޓް ތައްޔާރުކުރުމުގައި މުރާޖައާ ކުރާ ލިޔެކިޔުންތަކުގެ ތެރޭގައި މީގެކުރިން އޮތޯރިޓީއިން ތައްޔާރުކޮށްފައިވާ މެތޮޑޮލޮޖީއާއި، މިފަދަ ދިރާސާ ކުރުމުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ "ބެސްޓް ޕްރެކްޓިސް" މެތޮޑޮލޮޖީ ތަކާ، އަދި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ހިމަނަންވާނެއެވެ.
2.2. މެތޮޑޮލޮޖީ ރިޕޯޓު ތައްޔާރުކުރުން:
މި ރިޕޯޓުގައި މި ދިރާސާ ކުރިއަށް ގެންދިއުމަށް އެންމެ އެކަށޭނެ، އެވިޑެންސް ބޭސްޑް، މެތޮޑޮލޮޖީ އެއް ކަނޑައަޅައި ތަފްސީލީގޮތަކަށް ދިރާސާ ކުރިއަށްގެންދާނެގޮތް ހިމަނަން ވާނެއެވެ. އަދި ހުށަހެޅިފައިވާ މެތޮޑޮލޮޖީގެ ތެރެއިން ތައްޔާރުކުރާ ސާމްޕްލިން ޕްލޭންއަކީ 2022ވަނަ އަހަރުގެ ބޯ ހިމެނުމުން ލިބޭ މައުލޫމާތުގެ އަލީގައި ތައްޔާރުކުރެވިފައިވާ ސާމްޕްލިންގ ޕްލޭންއަކަށް ވާންވާނެއެވެ.
2.3. ދިރާސާއަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާނެ ސުވާލުތައް ތައްޔާރުކުރުން:
މި ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންކުރެވޭނެ ސުވާލު ކަރުދާސްތަކަކީ ދިރާސާގެ މަގުސަދު ހާސިލުވާނެހެން، އަދި ދިވެހި ރާއްޖޭގައި ބޭނުންކުރުމަށް އެކަށީގެންވާފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ސުވާލުތަކަކަށް ވާންވާނެއެވެ. އަދި ސުވާލުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ސުވާލުތައް އެކުލަވާލުމުގައި މީގެ ކުރިން އޮތޯރިޓީއިން އެކުލަވާލާފައިވާ ސުވާލުތައް މުރާޖައާ ކޮށް ފެންވަރު ޔަގީންކުރަން ވާނެއެވެ.
2.4. ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ބަޖެޓް އެކުލަވާލުން:
ދިރާސާ ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއާ އެއްގޮތަށް ދިރާސާ ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ހަރަކާތްތައް އަދި އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާނެ ބަޖެޓް ތައްޔާރުކުރަންވާނެއެވެ.
2.5. އެތިކްސް އެޕްރޫވަލް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން:
މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތުގެ، ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލްގެ އެތިކްސް އެޕްރޫވަލް ހޯދުމަށް ބޭނުންވާނެ ލިޔެކިޔުންތަކަކީ ކޮބައިކަން ދަނެގަނެ އެ ހުރިހާ ލިޔެކިއުންތަކެއް ތައްޔާރުކުރަންވާނެއެވެ.
3. މަސައްކަތުގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ޑެލިވަރަބަލްތައް
- އަންހެނުންނަން ކުރާ އަނިޔާގެ މިންވަރު ދެނެގަތުމަށް މިހާތަނަށް މި އޮތޯރިޓީއިން ތައްޔާރުކޮށްފައިވާ ސަރވޭގެ މެތޮޑޮލޮޖީ، ސަރވޭ ޕްރޮޓޮކޯލްސް އަދި ސުވާލު ކަރުދާސްތައް ރިވިއުކޮށް އަޕްޑޭޓްކުރުމަށްފަހު އޮތޯރިޓީގެ އިރުޝާދާއި އެކު ފައިނަލްކުރުން.
- ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ މެތޮޑޮލޮޖީ، ސަރވޭ ޕްރޮޓޮކޯލްސް އަދި ސުވާލު ކަރުދާސްތައް ތައްޔާރުކޮށް އޮތޯރިޓީގެ އިރުޝާދާއި އެކު ފައިނަލްކުރުން.
- ދިރާސާއަށް ބޭނުންވާ މެތޮޑޮލޮޖީތައް (ކުއަލިޓޭޓިވް އަދި ކުއަންޓިޓޭޓިވް) ތައްޔާރުކުރުން.
- (1)، (2) އަދި (3) ގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، އިންސެޕްޝަން ރިޕޯޓު ތައްޔާރުކުރުން.
- ދިރާސާ ކުރުމަށް ބޭނުންކުރެވޭނެ ސުވާލު ކަރުދާސްތައް ތަރުޖަމާކޮށް ފައިނަލްކުރުން.
- ދިރާސާ ކުރިއަށް ގެންދިއުމަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
- ދިރާސާގެ އެތިކްސް އެޕްރޫވަލް ހޯދުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުން.
4. އިތުރު މައުލޫމާތު
މި މަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.
5. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން
ތަޖުރިބާ: މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. އެގޮތުން، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަރސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއްނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންވާނެއެވެ. މީގެ އިތުރުން، ތަޖުރިބާ އަށް ޕޮއިންޓް ދިނުމުގައި ސޯޝަލް ސައެންސް ރިސަރޗް (ހާއްސަކޮށް ކުއަންޓިޓޭޓިވް ރިސަރޗް އަދި ކުއަލިޓޭޓިވް ރިސަރޗް) އަދި ޤައުމީ ފެންވަރުގައި އިޖުތިމާޢީ، ސިއްޙީ ނުވަތަ އިޤްތިޞާދީ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި ސާރވޭ ހެދުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި، އަނިޔާއާ ގުޅޭ މައުލޫމާލު ހޯދުމަށް ސާރވޭ ހިންގުމުގެ (ވައިލެންސް ރިލޭޓަޑް ޑޭޓާ ކަލެކްޝަން) ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ.
ޕޮއިންޓް ދެވޭނީ ކުރިމަތިލާ ފަރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅާފައިވާނަމަ އެވެ. ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ. |
25% |
ތައުލީމު: މަސައްކަތަށް ކުރިމަތިލާ ފަރާތުން މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ. އެ ގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ. މާކްސް ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ. |
20% |
ޓެކްނިކަލް ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީގެ މައްޗަށެވެ. |
35% |
ފައިނޭންޝަލް ޕްރޮޕޯސަލް: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ. |
20% |
- ކޮންސަލްޓަންޓު ހޮވުމުގައި މަތީގައިވާ ތާވަލުގައި ބަލާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޭތުވެދިޔަ 5 އަހަރުތެރޭގައި އޮތޯރިޓީއަށް މިފަދަ ޚިދުމަތްފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން މި މަސައްކަތަށް ކުރިމަތިލައިފިނަމަ، މާކްސް ދެވޭނީ ހުށަހަޅާ ޕްރޮޕޯސަލްގެ އިތުރުން ޚިދުމަތް ފޯރުކޮށްދިން މުއްދަތުގައި އެ ފަރާތަކުން މަސައްކަތްކޮށްފައިވާ ފެންވަރާއި، މަސައްކަތްކޮށްފައިވާ ގޮތަށް ބެލުމަށް ފަހުއެވެ.
- ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.
5.1. މެތޮޑޮލޮޖީ
- ޓެކްނިކަލް ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.
- ހުށަހަޅާ މެތޮޑޮލޮޖީ ތައްޔާރުކުރެވިފައިވަނީ މި ކޮންސަލްޓަންސީ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.
- ހުށަހަޅާ މެތޮޑޮލޮޖީ ކަނޑައެޅިފައިވާ މުއްދަތުތެރޭގައި މަސައްކަތް ނިންމޭނެފަދަ ގޮތަކަށްތޯ ތައްޔާރު ކުރެވިފައިވާ މެތޮޑޮލޮޖީއެއްތޯ ބެލެވޭނެއެވެ.
5.2. ވާރކް ޕްލޭން
- ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ.
- އޮތޯރިޓީއިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކް ޕްލޭނަކަށް ވާންވާނެއެވެ.
6. މަސައްކަތުގެ މުއްދަތު
މިމަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަހެވެ. (ބަންދު ދުވަސްތައް ނުހިމަނާ)
7. ހުށަހަޅަން ޖެހޭ ތަކެތި
ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
(ހ) ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު
- އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
- ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
- މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. އެ ގޮތުން މި މަޢުލޫމާތު ޝީޓުގެ 5 ވަނަ ނަންބަރުގައި ތަޖުރިބާ އަށް ޕޮއިންޓު ދިނުމުގައި ބަލާނެ ކަންކަމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް އެފަދަ ތަޖުރިބާ ލިބިފައިވާކަން ހާމަވާނެ ފަދަ ލިޔުންތައް ހެއްކާއެކީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާތަކުން މާސްޓަރޒް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ.
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
- ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.
(ށ) ޓެކްނިކަލް ޕްރޮޕޯސަލް
- މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
- މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ. އަދި ވޯކްޕްލޭން ތައްޔާރުކުރާއިރު އޮތޯރިޓީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް މި މަސައްކަތްތައް ރަސްމީ ދުވަސްތަކަށް ފެތޭ ގޮތަށް ޓައިމްލައިން ރޭވުމަށް ސަމާލުވާންވާނެއެވެ.
(ނ) ފައިނޭންޝަލް ޕްރޮޕޯސަލް
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަގު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
ނަންބަރު |
ހަރަކާތް |
ތަފުސީލު |
އަދަދު |
ޔުނިޓު އަގު |
ޖުމުލަ އަގު |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
8. ފައިސާ ދޫކުރުން
މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.
9. ކޮންފްލިކްޓް އޮފް އިންޓްރެސްޓް
ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ ބޯޑު މެމްބަރަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.
10. އިތުރު މައުލޫމާތު ހޯދުން
އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 16 އޯގަސްޓު 2022 ގެ 13:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11. ޕްރޮޕޯސަލް ހުށަހެޅުން
- ޕްރޮޕޯސަލް ހުށަހެޅުން: 18 އޯގަސްޓު 2022 ވަނަ ދުވަހުގެ 11:00 އަށް.
- ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
- ނޯޓް: ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.