ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެފަރާތެއް ހޯދުން (ހަތަރުވަނަ އިއުލާން)
ގދ.އަތޮޅު މަދަރުސާ ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ތިންވަނަ ފަހަރަށް ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ވިޔަފާރި އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 އޮގަސްޓް 2022 އިން 14 އޮގަސްޓް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި މަދަރުސާގެ އީމެއިލްއަށް [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
2.1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :
2.2- އީމެއިލް އެޑްރެސް:
2.3- ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 10:30 ގައި މަދަރުސާގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
06 އޮގަސްޓް 2022
ހޯދާ