އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

01 ފޮޓޯކޮޕީ މެޝިން

01 ނެޓްވާރކް ޕްރިންޓަރ

01 ލޭޒަރޖެޓް ޕްރިންޓަރ (ކަލަރ)

02 ސްކޭނަރ

11 ޔޫޕީއެސް

01 އެޓެންޑެންސް ސިސްޓަމް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.

 ފޯން: 6680773               ފެކްސް: 6680878            އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

ޕޮއިންޓް ދެވޭ އުސޫލު:

އަގަށް:  

75 ޕޮއިންޓް

މުއްދަތު: 

10 ޕޮއިންޓް

މާލީގޮތުން އެކަން ކުރެވޭނެ ފެންވަރު: (ފައިނޭންޝިއަލް ޕޮޒިޝަން، ބޭންކް ގެރެންޓީފަދަ ލިޔުންތައް)

10  ޕޮއިންޓް

ފަންނީގޮތުން އެކަންކުރެވޭނެ ފެންވަރު: (ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ލިޔުން)

05 ޕޮއިންޓް

ހުށަހަޅަންޖެހޭ ތަކެތި:

o  ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ، އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ފަރާތުން މިމަސައްކަތާގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި މަޤާމު އަދި ފޯނު ނަންބަރު.)

އަމިއްލަ ފަރާތަކުންނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތެއްގެ ޕްރޮފައިލް އަދި ގުޅޭނެ ފޯން ނަންބަރު.

ވިއްކުމަށް ހުށަހަޅާ ތަކެތީގެ ފުލް ސްޕެސިފިކޭޝަން

އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުމެއް.

09 އޮކްޓޫބަރު 2014
ހޯދާ