މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
5 މީހުންގެ ޑާންސް ގްރޫޕެއް އަދި ދިވެހި ކެއުން (ހެދިކާ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަރާތުން އިންޑިޔާގެ ދިއްލީގައި މި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި ރާއްޖެ ތަމްސީލުކުރުމަށް، ދިވެހި ލަވައާއި ނެށުން ދައްކުވައިދިނުމަށް 5 މީހުންގެ ޑާންސް ގްރޫޕެއް އަދި ދިވެހި ކެއުން (ހެދިކާ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ކަމުގެ ހުނަރާއި ތަޖުރިބާ ބަޔާންކޮށް، ޕްރޮފައިލަކާއެކު މިކަމަށް ތައްޔާރުވުމަށް ޚަރަދެއް ހިނގާނަމަ އެ ޚަރަދެއްގެ ތަފުސީލު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުމާއި އަދި ދެކޮޅު ޓިކެޓް ހައިކޮމިޝަންގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

07 ޛުލްޙިއްޖާ 1435

01 އޮކްޓޫބަރު 2014
ހޯދާ