ދިވެހިރާއްޖެ
އޮލިމްޕަހުގައި ހުރި ޑާންސް ރިހާސަލް ރޫމްގެ ފާރުތަކުގައި މިހާރު ހުރި ބިއްލޫރިތައް ނަގައި އެތަނުގައި ރަހަ ބިއްލޫރި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)177/1/2022/20 (19 މެއި 2022) އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ލިއުންތައް ފުރިހަމަ ނުވާތީ އާއި، އެހެން ފަރާތްތަކުން ހުށާހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބުތައް ބާޠިލުކޮށް، އަލުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުދަ |
10.08.2022 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ހޯމަ |
15.08.2022 |
11:00 |