ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވިކްޓިމް ސަޕޯޓް އޮފިސަރ (ގްރޭޑް 3)

މަޤާމް:      ވިކްޓިމް ސަޕޯޓް އޮފިސަރ (ގްރޭޑް3)

ބޭނުންވާ ޢަދަދު:   01 (އެކެއް)

މުސާރަ:       -/8,415 ރުފިޔާ

ލިވިންގ އެލަވަންސް:   -/3,000 ރުފިޔާ

ރިސްކް އެލަވަންސް:    -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

 1. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
 2. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާލިބިފައިވާ ފަރާތްތައް ހެކިންގެ ގޮތުގައި ބޭނުންކުރަންޖެހޭ ހިނދެއްގައި އެމީހުން ޝަރީޢަތަށް ތައްޔާރުކޮށްދިނުމުގައި ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
 3. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، އެފަރާތްތަކުގެ މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން.
 4. ޕީ.ޖީ އޮފީހާއި ވިކްޓިމް/ވިޓްނެސް އާ ދެމެދު ބޭއްވާ ބައްދަލުވުންތަކާއި ކޯޓް އަޑުއެހުމުގެ ކުރިންނާޢި ކޯޓު އަޑުއެހުމުގެ ފަހުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
 5. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ އިޖްރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެކިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
 6. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ގުޅިގެން އެހެނިހެން މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.
 7. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތާ ގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކޮށް، ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، އެބައްދަލުވުންތަކުގެ ރެކޯޑިންގ ބެލެހެއްޓުން.
 8. މިއޮފީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމެނޭ، މައްސަލަތަކުގައި އަނޔާލިބޭ ކުދިންނާ ގުޅިގެން ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
 9. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން.
 10. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.
 11. ޑިއުޓީ ޕްރޮސިކިއުޝަންއަށް ޗާޖް ކުރުމަށް ނުވަތަ މަޝްވަރާ ކުރުމަށް ގެނެވޭ މައްސަލަތަކުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
 12. މަޢުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުވުން ( ކޯޓުތަކުގައި ގެންގުޅޭ ޢުސޫލުތަކާއި، ކޯޓުގެ ނިންމުންތަކާއި ، ވިކްޓިމްގެ ޙައްޤުތަކާއި ޒިންމާތަކާއި، މި އޮފީހުގެ މަސައްކަތްތައް ފަދަ ކަންކަމުގައި މަޢުލޫމާތު ދީ ހޭލުންތެރިކުރުވުން
 13. މިއޮފީހުން ކުރެވޭ މަސައްކަތުގައި ގުޅުން ހުރި އެހެން މުޢައްސަސާ ތަކާޢި އެކު ނުވަތަ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް އެކުގައި މަސައްކަތް ކުރުން
 14. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު: 

 1. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
 2. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
 3. ވިކްޓިމް ސަޕޯރޓް އޮފިސަރ ގްރޭޑް 2 ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 11 އޮގަސްޓު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3- މ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14-24 އޮގަސްޓް 2022 ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

4- ވަނަވަރު

5- ދރއ. ކާޑުގެ ކޮޕީ

6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

5 މުޙައްރަމް 1444

 

03 އޮގަސްޓް 2022
ހޯދާ