ދިވެހިރާއްޖެ
މި އިޢުލާންވަނީ 03 އޮގަސްޓް 2022 14:43 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ލ.ކުނަހަންދޫ ލޭންޑް ޔޫސް ޕްލޭންހެދުމާއި ގުޅޭ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ލ. ކުނަހަންދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ
ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށާއި، އަމިއްލަ
ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޯގަސްޓް 14 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަން ފޯމް"
ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން
ބިޑްގައި ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022އޯގަސްޓް 15 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ލިޔުމަކުން
ހުށަހެޅުމަށް ދައްނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 އޯގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
17 މުހައްރަމް 1444
03 އޯގަސްޓް 2022