ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަސް އިންދުމުގެ ގަވާއިދަށް ޚިޔާލުހޯދުން
މިއިޢުލާނާއިއެކު އާއްމުކުރާ، ރަށުގެ ތިމާވެށި ހިމާޔަތްކުރުމާއި، ރަށުގައި ހެދިފައިވާ ރުއްގަސް އެކި ބޭނުންތަކަށް ކެނޑުމާއި ގުޅިގެން މަދުވާ ރުއްގަހުގެ ބަދަލުގައި ރުއްގަސް އިންދުމުގެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ، ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ރުއްގަސް އިންދާ އާލާ ކުރުމާއި ކޮންމެ ރައްޔިތަކީ ރުއްވެރިއަކަށް ހެދުމުގެ ޤަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު 15 އޯގަސްޓް 2022 ނިޔަލަށް ހުޅުވާލަމެވެ.
ވީމާ، މިގަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހިޔާލުތައް ހުށައަޅުއްވައި ދެއްވުން އެދެމެވެ.
03 އޮގަސްޓް 2022
ހޯދާ