ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ 20 ޕްރިމިއާރ ލީޤް އަދި ޕްރެސިޑެންޓްސް ކަޕް ޓީ20 ކްރިކެޓް މުބާރާތާއި ގުޅޭ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ ޓީ 20 ޕްރިމިއާރ ލީޤް ކްރިކެޓް މުބާރާތާއި ޕްރެސިޑެންޓްސް ކަޕް ޓީ20 ކްރިކެޓް މުބާރާތް، 19 އޮގަސްޓް 2022 ވާ ހުކުރު ދުވަހުން ފެށިގެން  7 އޮކްޓޯބަރ 2022 ވާ ހުކުރު ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މިބޯޑުގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުންވާ ކްލަބްތައް 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން މި ބޯރޑަށް ހުށައަޅާ، އަދި 16 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޓީމު ލިސްޓް މިބޯޑަށް ހުށައެޅުން އެދެމެވެ.

 

ޓީމް ލިސްޓް ހުށައަޅާއިރު ތިރީގައިވާ މައުލޫމާތުތައް އެކުލަވާލަންވާނެއެވެ.

  1. ސްޓޭމްޕް ޖައްސަވައި ސޮއި ކުރެއްވުން.
  2. ޓީމް ލިސްޓްގައި ( ކުޅުންތެރިންގެ ފުރިހަމަ ނަން، އުފަން ތާރީޙު އަދި ޕާސްޕޯޓް ނަންބަރު / އައިޑީ ކާރޑް ނަންބަރު / ވޯކް ޕާމިޓް ނަންބަރު ޖެހުން )
  3. ޓީމުގެ ކެޕްޓަން އަދި މެނޭޖަރު ވަކިން އެނގޭނޭ ގޮތަށް ޓީމްލިސްޓްގައި ފާހަގަ ކުރެއްވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 7756665 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

03 އޮގަސްޓް 2022
ހޯދާ