ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މުނިސިޕަލް ސަރވިސް އޮފިސަރ
މަޤާމު: |
މުނިސިޕަލް ސަރވިސް އޮފިސަރ |
||||||||||||||||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
1 (ދޭއް) |
||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (12 މަސް ދުވަސް) |
||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ / ޅ. އޮޅުވެލިފުށި
|
||||||||||||||||||||||||||||||||||||||||||||||||||||
މުސާރަ: |
5500 (ފަސްހާސް ފައްސަތޭކަ) ރުފިޔާ |
||||||||||||||||||||||||||||||||||||||||||||||||||||
އެލަވަންސް |
މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100 (ސަތޭކަ) ރުފިޔާ |
||||||||||||||||||||||||||||||||||||||||||||||||||||
އިތުރު ގަޑި: |
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި ދެވޭނެ |
||||||||||||||||||||||||||||||||||||||||||||||||||||
މަސައްކަތު ގަޑި: |
ދުވާލަކު 6 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި) |
||||||||||||||||||||||||||||||||||||||||||||||||||||
ޗުއްޓީ: |
ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޗުއްޓީ ދެވޭނެ |
||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
10. ރަށުގެ އިޖުތިމާޢީ ސަރަހައްދުގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހާ މީހުންގެ މަސައްކަތް ބަލާ އިޞްލާހު ކުރަންޖެހޭ ނަމަ ކައުންސިލަށް ރިޕޯޓްކުރުން 11. ރަށުގެ މަގުތަކާއި ބަނަދަރުގައި ކުނި ނުކަހާ ހުރިތަންތަން ބަލާ ކައުންސިލަށް ރިޕޯޓުކުރުން 12. ސާފުނުކުރާ ފަޅުގޯތިތައް ބަލާ ކައުންސިލަށް ރިޕޯރޓްކުރުން 13. ރަށުގެ ބަނދަރަށާއި ފަޅުތެރެއަށް ކުނިއަޅާ މީހުން ހުއްޓުވައި އެފަރާތްތަކުގެ މައްސަލަ ކައުންސިލަށް ރިޕޯޓްކުރުން 14. ގަވާއިދާ ހިލާފަށް ރަށުތެރޭގައި ހިނގާކަންކަން ބަލާ ކައުންސިލަށް ރިޕޯޓުކުރުން 15. އިޖުތިމާއީ ފެންރައްކާކުރާ މައުކަޒު ބެލެހެއްޓުން 16. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ރަށުތެރެ ސާފުކުރާ ހަރަކާތުގައި ބައިވެރިވުން 17. ރަށުގެ ގަބުރުސްތަނުގެ ތެރެއިން ވިނަ ބޯވެފައިވާ ސަރަހައްދުތަކުގެ ވިނަ ނޮޅާ ، ކުނިކަހާ އަދި ކުނިއުކާލުން 18. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން
|
||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: ހުށަހަޅަންޖެހޭ ލިޔުންތައް:
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
||||||||||||||||||||||||||||||||||||||||||||||||||||
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް؛-
|
||||||||||||||||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07އޮގަސްޓް 2022 އާދިއްތަދުވަހުގެ (14.00) ގެ ކުރިން، ޅ.އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 އޮގަސްޓް 2022 އާއި 09 އޮގަސްޓް 2022 އާ ދެމެދު، ޅ.އޮޅުވެލިފުށީ ކައުންސިލްގެ އިދާރާގައެވެ.
|
||||||||||||||||||||||||||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||
ވޭޖް ޕޫލަށް ރަޖިސްޓްރީ ވުން |
މަގާމަށް ހޮވޭ ފަރާތުގެ އިތުރަށް އެންމެމަތިން މާރކްސް ލިބޭ 2 ފަރާތް ވޭޖްޕޫލްގައި ރެޖިސްޓަރ ވާނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620075 އަށެވެ.
|
|
||||||||||||||||||||||||||||||||||||||||||||||||||||
|