އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ. ފައިނު ހެލްތް ޕޯސްޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ރ. ފައިނު ހެލްތް ޕޯސްޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު އިޢުލާން URH/IUL/2014/28ފ(23 ސެޕްޓެންބަރު 2014) އާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، މި ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ހެލްތް ޕޯސްޓް މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 2:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޛުލްޙިއްޖާ 1435 

13 އޮކްޓޫބަރު 2014
ހޯދާ