ދިވެހިރާއްޖެ
މަސްމާރުކޭޓުގެ 8 ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން " ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 8 ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.
މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ. ތިރީގައިވާ ލިކުން ފޯމާއި އުސޫލް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އުޞޫލު ލިންކް: https://kulhudhuffushicity.gov.mv/2021/02/7275/
- ފޯމްގެ ލިންކް: https://kulhudhuffushicity.gov.mv/2021/04/7551/
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.