ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް،ދިވެހިރާއްޖެ
(I)(I)HR/AP/2022/37:ނަންބަރ
މި ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމުގެ ބީލަމުގެ ދައުވަތު:
މި ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ވަނީ ބޭނުންވެފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮގަސްޓް 2022 ވާ ބުރާސްފަތި 2022 ދުވަހުގެ 13:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގެނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީ ހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއިއެކު ފޮނުއްވެވުން އެދެމެވެ. އަދި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
04 މުޙައްރަމް 1444
02 އޮގަސްޓް 2022