ދިވެހިރާއްޖެ
މިމަރުކަޒުން އެސިސްޓެންޓް ފޯރމަންގެ ވަޒީފާއަށް މީހަކު ހޯދުމަށް ކުރި ނަންބަރު GS17/2014/50ފ(8 ސެޕްޓެންބަރު 2014) އިޢުލާނުގައި މަޤާމުގެ ރޭންކު ހިމެނިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: |
އެސިސްޓެންޓް ފޯރމަން |
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
މަޤާމުގެ ރޭންކް ކްލެސިފިކޭޝަން |
ސަޕޯޓް ސަރވިސް 2 ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމުގެ ނަންބަރު |
235372 |
މުސާރައާއި ޢިނާޔަތްތައް |
މުސާރަ : -/3470 ރ ސަރވިސް އެލަވަންސް: -/1000 ރ (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.) |
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު / ލ.ފޮނަދޫ އިދާރީ |
ޝަރުޠު |
- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
އިންޓަވިއު ކުރަން ކަނޑައެޅިފައިވާ މުއްދަތު އަދި ތަން:
މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 03 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚަކާއި ވަގުތެއް އަންގާނެއެވެ.
މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަސް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ނަންބަރާއެކު )
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ 1:30 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑިގައި 6800013 ފޯނާ ގުޅުއްވުން އެދެމެވެ.
08 ޛުލްޙިއްޖާ 1435