ދިވެހިރާއްޖެ
ނަންބަރ: GS-165/IUL/2022/10
2022-2023 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !
2022-2023 ވަނަ އަހަރު މ.މުލަކު ސުކޫލް ތަޢުލީމު ޙާޞިލްކުރަމުންދާ މ.ވޭވަށު ސެކަންޑަރީ ދަރިވަރުން މ.ވޭވަށުން މ.މުލަކަށް ކިޔަވަން ގެންދިއުމާއި ގެނައުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވޭވަށު ސުކޫލް |
04 އޮގަސްޓް 2022 |
ބުރާސްފަތި |
11:45 |
އަންދާސީ ހިސާބު ހުށައެޅުން |
ވޭވަށު ސުކޫލް |
09 އޮގަސްޓް 2022 |
އަންގާރަ |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
04 މުޙައްރަމް 1444
02 އޮގަސްޓް 2022