ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސައުތުއޭޝިއަން ޔުނިވަރސިޓީގެ ބައެއް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު
ސާރކް ޤައުމުތަކުގެ ފަރާތުން އިންޑިއާގެ ނިއުދިއްލީގައި ހިންގަމުންދާ ސައުތުއޭޝިއަން ޔުނިވަރސިޓީގެ ބައެއް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިންޑިއާ ފިޔަވައި ސާރކްގެ އެހެނިހެން ޤައުމުތަކުގެ މީހުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ތެރޭގައި އިދާރީ ވަޒީފާތަކާއި، ކިޔަވައިދިނުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތުތައް ހިމެނެއެވެ. މި ވަޒީފާތަކަކީ އެކަށީގެންވާ ރަނގަޅު މުސާރަ ކަނޑައެޅިފައިވާ ވަޒީފާތަކެކެވެ.
މި ވަޒީފާތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފަހު ތާރީޚަކީ 15 އޮކްޓޫބަރު 2014 ކަމުގައި ޔުނިވަރސިޓީން ވަނީ އަންގަވައިފައެވެ.
މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން http://www.sau.ac.in/recruitment/jobs.html މި ވެބްސައިޓުން އިތުރު މަޢުލޫމާތު ސާފުކުރައްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
08 ޛުލްޙިއްޖާ 1435
02 އޮކްޓޫބަރު 2014
ހޯދާ