ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ޕަރސަނެލް އޮފިސަރ

ސީނިއަރ ޕަރސަނެލް އޮފިސަރ

މަޤާމު:

އެމް.އެސް 2

ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

ހިއުމަން ރިސޯސް އޮފިސަރ

ޑިވިޜަން:

-/6295 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލެވަންސް:

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2203/25 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ޔުނިޓަށް ލިބޭ ސިޓީތަކާއި ޗިޓުތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުރިތޯ ޗެކުކޮށް، މަޢުލޫމާތު ފުރިހަމަ މައްސަލައެއްނަމަ ޗިޓު ޖެހުން. އަދި މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ސާފުނުވާ މައްސަލަތައް ސިވިލް ސަރވިސް އިދާރާތަކަށް ގުޅައިގެން ސާފުކުރުމާއި އަދި މަޢުލޫމާތު ސާފުނުވާކަމުގެ ޗިޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  2. ޔުނިޓަށް ލިބޭ ސިޓީތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު ޔުނިޓް ހިންގެވުމާއި ޙަވާލުވެހުންނެވި ބޭފުޅެއްގެ ލަފާ ހޯއްދަވައި އެސިޓީތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް އެ ޖަވާބުތައް ޔުނިޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ސުޕަވައިޒަރާއި ޙަވާލުކުރުމާއި، ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ސުޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަކާ ޙަވާލުކުރުން.
  3. ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކި ކުރުން.
  4. ސިވިލް ސަރވިސްގެ އިދަރާތަކުގެ ފާސްކޮށްފައި އޮންނަ އޮނިގަނޑާ އެއްގޮތުގެ މަތިން މަޤާމު އުފެއްދުމާއި މަޤާމު އުވާލުމާ ބެހޭ މަސައްކަތް ކުރުން.
  5. ސިވިލް ސަރވިސްގެ މަސްއޫލު އޮފީސްތަކުގެ ޗިޓުތައް ޑިސްޕެޗްކުރުން.
  6. ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުންނަށް ވިއުގަ ބޭނުންކުރުމާއި ގުޅޭގޮތުން ތަމްރީނު ޕްރޮގުރާމުތައް ހިންގުން.
  7. މަސައްކަތް ހަވާލުކުރެވިފައި މުވައްޒަފު ނެތް ހާލަތެއްގައި ހަވާލުވެފައިވާ އިދާރާތަކުގެ އެސިސްޓެންޓް ޑިރެކްޓަރ އިން ފެށިގެން މަތީގެ މަޤާމުތަކަށް އިންޓަވިޔު ޕެނަލް އެކުލަވާލެވެން ނެތް އަދި އިންޓަވިއު ކޮށްދިނުމަށް އެދި ހުށަހެޅޭ އިދާރާތަކަށް އިންޓަވިއުކޮށް ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި ކަންތައް ކުރުން.
  8. 65 އަހަރު ފުރޭ މުވައްޒަފުންނަށް، 65 އަހަރު ފުރޭ ދުވަސް ބަލައި، ކަމާބެހޭ އިދާރާއަށާއި އެ މުވައްޒަފަކަށް އެންގުމަށް ސިޓީ ތައްޔާރުކޮށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  9. 55 އަހަރުވެގެން ރިޓަޔަރވާން އެދޭ މުވައްޒަފުންނަށާއި އޮފީހުގެ ފަރާތުން ރިޓަޔަރކުރާ މުވައްޒަފުންނަށް ތަހުނިޔާގެ ސިޓީ ތައްޔާރުކޮށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  10. ރިޑަންޑަންޓް ކުރަންޖެހޭ މުވައްޒަފުންނަށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  11. ޔުނިޓާގުޅޭ މައްސަލަތަކާ ބެހޭ ގޮތުން އެކިއެކި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅަކު ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ގަވާއިދާ އެއްގޮތްވާ ގޮތަށް ސާފުކޮށްދިނުން އަދި ވަޒީފާއާ ގުޅޭ މައްސަލަތަކާބެހޭ ގޮތުން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  12. އޮނިގަނޑަށް އަންނަ ބަދަލުތަކާއި މުވައްޒަފުންގެ މުސާރައަށާއި އޮފީސްތަކަށް އަންނަ ބަދަލުތައްފަދަ ބަދަލުތަކާއި އަދި މަޤާމަށާއި މުވައްޒަފަށް އަންނަ އެކި ބަދަލުތަކާ ގުޅިގެން ދުވަހުން ދުވަހަށް ވިއުގަ އަޕްޑޭޓުކޮށް ބެލެހެއްޓުމާއި އަދި މީގެ ތެރެއިން އޮފީސްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމަށްޓަކައި މަޢުލޫމާތު ތައްޔާރުކޮށް ޗެކުކުރުން.
  13. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  14. ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތް ތަކުގައި އެހީތެރިވެދިނުން.
  15. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  16. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)    

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން 2014 އޮކްޓޫބަރު 26 އާއި 2014 އޮކްޓޫބަރު 30 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ