ދިވެހިރާއްޖެ
ނޫސް ބަޔާން
2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ
ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ފޮނުއްވަންޖެހެއެވެ.
ދެންނެވުނު މުއްދަތުގެ ތެރޭގައި 2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް މިކައުންސިލަށް ހުށަހަޅުއްވާފައިވާ 11 ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ރަށު ކައުންސިލް
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ގާދިއްފުށި ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދަރާ
- ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
03 މުޙައްރަމް 1444
01 އޮގަސްޓު 2022
އިބްރާހީމްނަސީމް
ސެކްރެޓަރީޖެނެރަލް