ދިވެހިރާއްޖެ
އިޢުލާން
(IUL)307/INDIV/2022/53:ނަންބަރު
މިރަށުގެ ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން، އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތްކުރުމަށް ކުލީ ބިން ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ
1. ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:
1.1 ކުލީ ބިން 1: 40 ފޫޓް ފުޅާ 100 ފޫޓް ދިގު (4000 އަކަފޫޓް)
1.2 ކުލީ ބިން 6،5،4،3،2: 30 ފޫޓް ފުޅާ 60 ފޫޓް ދިގު (1800 އަކަފޫޓް)
1.3 ބިން ދޫކުރާ މުއްދަތު: 5 (ފަހެއް އަހަރު)
1.4 ބިމުގެ ކުލި: އަކަފޫޓަކަށް 0.45 (ސާޅިސް ފަހެއް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- ބިޑް އުސޫލުން ކުލީ ބިން ހޯދުމަށް އެދޭ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށައަޅަންވާނެއެވެ ނުވަތަ އީމެއިލް ކުރަންވާނެއެވެ. އީމެއިލް ކުރާނަމަ: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކައުންސިލަށް ބިޑް ރެޖިސްޓްރޭޝަން ފޯމު ހުށައެޅުމުން ބިޑުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިވަޑައިގަންނަވާނެއެވެ. ބިޑުގައި ރަޖިސްޓްރީ ވިކަމަށް ޔަގީން ކުރަންވާނީ ރަޖިސްޓްރީ ނަންބަރު/ސްލިޕް ލިބުމުންނެވެ.
- ބިޑުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 އޮގަސްޓް 10 ވާ ބުދަ ދުވަހުގެ 14:00 އެވެ. ބިޑް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ބިޑް ރަޖިސްޓްރީ ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިޕްރޮޖެކްޓާއި ގުޅިގެން މައުލޫމާތު ދިނުމުގެ ޕްރީބިޑް ބައްދަލުވުމެއް 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
- ބިޑުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފަރާތަކަކަށްވެސް ކުލީ ބިންތަކުގެ މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
- ބިޑުގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް:
4.1 ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް.
4.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް.
4.3 ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކުލަބު ޖަމުއިއްޔާތައް.
4.4 އަމިއްލަ ފަރުދުން.
7. ބިޑް ހުޅުވުން އޮންނާނީ 2022 އޮގަސްޓް 23 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިކައުންސިލް އިދާރާގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
8. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑުގައި ރެޖިސްޓްރީ ވުމަށް އެދި ފޯރމު ހުށަހަޅައި ބިޑުގައިގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
9. ކުލީ ބިންތައް ހިމެނޭ ޗާޓް:
10. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއަވާނީ:
- ކައުންސިލް އެގްޒެކެޓީވް – އިމްރާން ޝަރީފް
- ފޯން: 9122102
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.