ދިވެހިރާއްޖެ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންގެ އައު ގަވާއިދު އެކުލަވާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ވަޒީފާއާބެހޭ ޤާނޫނާ ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް މި ޓްރައިބިއުނަލްގެ މުވައްޒަފުންގެ އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް، ކުރެވުނު މި ޓްރައިބިއުނަލުގެ ނަންބަރު: 223/1/2022/29(IUL) (07 ޖުލައި 2022) އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް މަޢުލޫމާތު ޝީޓަށް ބަދަލުގެނައުމަށްފަހު އަލުން އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
ބީލަން ހުށަހެޅުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ، 2 ވަނަ ފަންގިފިލާ) |
15 އޮގަސްޓް 2022 10:00 ގައި |
މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.