ދިވެހިރާއްޖެ
1. ތަޢާރުފު
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން 2012ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދޭތޯ ކަށަވަރު ކުރުމާއި ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާއެކެވެ. މި ސިޔާސަތުތަކުގެ މަގްސަދަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވައި އެކަމާ ދެކޮޅަށް މަސައްކަތްކޮށް، ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފާހަގަކޮށް އަދި އެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގައުމީ ސިޔާސަތުތަކެއް ކަނޑައެޅުމެވެ. އަދި ގެވެށި އަނިޔާ ދިވެހިރާއްޖެއިން ނައްތާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ފެންވަރު ހިފަހައްޓައި އެފަދަ މަސައްކަތް ދެނެގަތުމަކީވެސް މިފަދަ ސިޔާސަތެއް ކަނޑައެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
2. ކޮންސަލްޓަންސީގެ މަޤްޞަދު
ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތެއް އެންމެ ފުރަތަމަ އެކުލަވާލެވިފައިވަނީ 2014 ވަނަ އަހަރުގައެވެ. މިހާރު އަމަލުކުރެވެމުންދަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު (2017-2021) އަށެވެ. މި ސިޔާސަތަށް އަމަލުކުރުމުގެ މުއްދަތު ކޮވިޑް19ގެ ސަބަބުން ވަނީ 2022 ގެ ނިޔަލަށް އިތުރުކުރެވިފައެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ފަސް އަހަރަށް (2023 – 2027) ކަނޑައެޅޭ ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
މި ސިޔާސަތުގެ މައިގަނޑު މަގްސަދަކީ ގާނޫނު ނަންބަރު 3/2012 ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބަޔާންވެފައިވާ އެންމެހާ މުއައްސަސާތަކެއް އެކުގައި ގުޅިގެން މަސައްކަތްކުރެވޭނެ އަމާޒުތަކެއް ކަނޑައެޅި، އެއް މިސްރާބަކަށް މަސައްކަތްކުރެވޭނެ މަގުކޮށައިދިނުމެވެ. މި ސިޔާސަތު ވެގެންދާނީ ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ކުރެވެމުންދާ އެކި މަސައްކަތްތައް ގުޅުވާލެވި، ވިލަރެސްކުރެވި އަދި މޮނިޓާކުރުމަށް ބޭނުންކުރެވިގެންދާނެ މުހިންމު ވަސީލަތަކަށެވެ.
3. ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު
- ގެވެށި އަނިޔާއާ ގުޅުންހުރި އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ބަލައި، ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރިވާ އެންމެހާ މުއައްސަސާތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ދެނެގަނެ ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި މިހާރު ދެމުންއަންނަ ހިދުމަތްތައް ދެނެގަނެ އެކަމުގެ މައްޗަށް ޑެސްކް ރިވިއު ރިޕޯޓް އެކުލަވާލުން. މި ރިޕޯޓުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތުގައި އަމަލުކުރާ ބެސްޓް ޕްރެކްޓިސަސް އަދި ހަމައެޔާއެކު ގެވެށި އަނިޔާގެ ގައުމީ ސިޔާސަތު (2017-2021) ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް ދެނެގަތުން.
- ޑެސްކް ރިވިއު ރިޕޯޓުގެމައްޗަށް ބިނާކޮށް، އަދި އޮތޯރިޓީގެ ބޯޑާއި، މުވައްޒަފުންނާ، ޓެކްނިކަލް ކޮމިޓީ، ސްޓިއަރިން ކޮމިޓީ އަދިކަމާގުޅުންހުރި މުއައްސަސާތައް ޝާމިލުކޮށްގެން، ކުރިޔަށް އޮތް 5 އަހަރަށް އަމުލުކުރާނެ ޤައުމީ ސިޔާސަތުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލުން. އަދި މި މަސައްކަތުގެ ތެރެއިން އޮތޯރިޓީގެ ތަސައްވަރުގެ ވެލިއު ކަށަވަރުކޮށް، އިތުރު ބަދަލެއް ގެންނަން ފެންނަނަމަ އެކަން ފާހަގަކޮށް، އޮތޯރިޓީގެ ސިޔާސަތުތަކާއި، ލަނޑުދަނޑިތަކާއި އެކްޝަންތަކާއި ކީ ޕާފޯމަންސް އިންޑިކޭޓާރތައް އެކަށައެޅުން.
- ގެވެށި އަނިޔާގެ ގައުމީ ސިޔާސަތު މޮނިޓާ ކުރުމަށްޓަކައި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލްތަކުގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުން.
- ކުރިޔަށް އޮތް 5 އަހަރަށް އަމަލުކުރާނެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު (2023 – 2027) ގެ ފުރަތަމަ ޑްރާފްޓްއަށާއި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލްތަކަށް އޮތޯރިޓީގެ ހުށަހެޅުންތައް ހޯދައި ހިމެނުމަށްފަހު މި ސިޔާސަތު ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުން ހުރި މުއައްސަސާތަކާއި އެކު ވެލިޑޭޝަން ވާކްޝޮޕެއް ބޭއްވުން.
- ވެލިޑޭޝަން ވާކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު (2023 – 2027) އަދި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ފައިނަލްކޮށް އޮތޯރިޓީއާ ހިއްސާކުރުން.
- ގެވެށި އަނިޔާގެ ގައުމީ ސިޔާސަތު މޮނިޓާކުރުމަށްޓަކައި އެކަށައެޅިފައިވާ މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް އޮތޯރިޓީގެ މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި މައުލޫމާތު ސެޝަން ނަގައިދިނުން.
4. މަސައްކަތުގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް
- މިހާރު އަމަލުކުރަމުންދާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2017-2021) ތަންފީޒުވެފައިވާ މިންވަރުބަލައި، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ހޯދައި، ކަމާއިގުޅުންހުރި މުއައްސަސާތަކާއި ބައްދަލުކޮށް ލިބޭ މަޢުލޫމާތާއި، ގެވެށި އަނިޔާއާއި ގުޅުންހުރި ޤާނޫނު، ގަވާއިދު އަދި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކުރިޔަށް އޮތް ފަސް އަހަރަށް އަމަލުކުރާނެ ޤައުމީ ސިޔާސަތުގައި ހިމެނުން މުހިންމު ކަންކަން ފާހަގަކޮށް ޑެސްކް ރިވިއު ރިޕޯޓު ތައްޔާރުކުރުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ (2023 – 2027) ފުރަތަމަ ޑްރާފްޓް އެކުލަވާލުން.
- ގެވެށި އަނިޔާގެ ގައުމީ ސިޔާސަތުގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ގެ ފުރަތަމަ ޑްރާފްޓް އެކުލަވާލުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2023 – 2027) އަދި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ފައިނަލް ކުރުމަށްޓަކައި ވެލިޑޭޝަން ވާރކްޝޮޕެއް ބޭއްވުން.
- ސްޓްރެޓެޖިކް ޕްލޭން އަދި މޮނިޓަރިން ޓޫލް ފައިނަލްކޮށް އޮތޯރިޓީއާ ފައިނަލް ޑޮކިއުމަންޓް ހަވާލުކުރުން.
5. އިތުރު މައުލޫމާތު
މި މަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. އަދި މި މަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.
6. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން
ތަޖުރިބާ: މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއްނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިފުން. މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއްނަމަ ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިފުން.
ސިޔާސަތު އެކުލަވާލުމުގެ މަސައްކަތުގައި އަދި ސްޓްރެޓީޖިކް ޕްލޭނިންގގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް، ސްޓްރެޓަޖީ އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ ތަޖުރިބާ އާއި ގާބިލްކަންހުރި ފަރާތަކަށްވުން.
މަލްޓި ސްޓޭކްހޯލްޑަރ ލެވެލްގެ ވަރކްޝޮޕް ހިންގުމާއި ފޯކަސްގްރޫޕް ޑިސްކަޝަންސް ފެސިލިޓޭޓްކުރުން އަދި މި ނޫންވެސް އިޖުތިމާއީ ދިރާސާކުރުމުގެ މެތަޑްތަކަށް ފަރިތަ، ތަޖުރިބާހުރި އަދި ގާބިލް ފަރާތަކަށްވުން.
ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ. |
20% |
ތައުލީމު:. މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. އެގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ނުވަތަ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ. އަދި މި ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ. އެގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ. މާކްސް ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ. |
15% |
ޓެކްނިކަލް ޕްރޮޕޯސަލް: ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީއާ ވާރކްޕްލޭންގެ މައްޗަށެވެ. |
30% |
ފައިނޭންޝަލް ޕްރޮޕޯސަލް: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ. |
35% |
7. މެތޮޑޮލޮޖީ
- ޓެކްނިކަލް ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.
- ހުށަހަޅާ މެތޮޑޮލޮޖީ ތައްޔާރުކުރެވިފައިވަނީ މި ކޮންސަލްޓަންސީ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.
- ހުށަހަޅާ މެތޮޑޮލޮޖީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމޭނެފަދަ ގޮތަކަށްތޯ ތައްޔާރު ކުރެވިފައިވާ މެތޮޑޮލޮޖީއެއްތޯ ބެލެވޭނެއެވެ.
8. ވާރކް ޕްލޭން
- އެކުލަވާލެވޭ ވާރކްޕްލޭންގައި ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ. އަދި އޮތޯރިޓީން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކްޕްލޭނަކަށް ވާންވާނެއެވެ.
9. މަސައްކަތުގެ މުއްދަތު
- މި ކޮންސަލްޓަންސީގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭހެން ޖުމްލަ 60 ދުވަހެވެ.
10. ހުށަހަޅަން ޖެހޭ ތަކެތި
ހުށަހަލާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ހ. ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު
- މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި، ސިޔާސަތު އެކުލަވާލުން ނުވަތަ ދިރާސާ ކުރުމުގެ ތަޖުރިބާއާއި، އިންޓަވިއު ކުރުމާއި، ފޯކަސް ގްރޫޕް މަޝްވަރާތައް ބޭއްވުން ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ.
- މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސަސްގެ ދާއިރާ ނުވަތަ ޕަބްލިކް ޕޮލިސީ ނުވަތަ ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގުރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
- ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.
ށ. ޓެކްނިކަލް ޕްރޮޕޯސަލް
- މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
- މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާރކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށްދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
ނ. ފައިނޭންޝަލް ޕްރޮޕޯސަލް
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަގު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ނޯޓް: ގައުމީ ސިޔާސަތުތަކާއި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލްގެ ވެލިޑޭޝަން ބައްދަލުވުން ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްދާ ހަރަދުތައް ބަލަހައްޓާނީ މި އޮތޯރިޓީއިންނެވެ.
ނަންބަރު |
ހަރަކާތް |
ތަފުސީލު |
އަދަދު |
ޔުނިޓު އަގު |
ޖުމުލަ އަގު |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
11. ފައިސާ ދޫކުރުން
- މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.
12. ކޮންފްލިކްޓްއޮފްއިންޓްރެސްޓް
- ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ ބޯޑު މެމްބަރަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.
13. އިތުރުމައުލޫމާތު:
- އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 10 އޮގަސްޓު 2022 ގެ 13:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
14. ޕްރޮޕޯސަލްހުށަހެޅުން
- ޕްރޮޕޯސަލް ހުށަހެޅުން: 14 އޮގަސްޓު 2022 ވަނަ ދުވަހުގެ 11:00 އަށް.
- ހުށަހަޅަންޖެހޭތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ)
- ނޯޓް: ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.