މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާ ގެ މަރާމާތުގެ މަސައްކަތް

ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާ ގެ މަރާމާތުގެ މަސައްކަތް

          ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާގެ މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާގެ މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ޖުލައި 17 ވަނަ ދުވަހު މި އިދާރާގެ ނަންބަރު: (IUL)301-PJ/301/2022/90 އިޢުލާނަށް ހުށަހެޅި އަގުތައް ބޮޑުވުމާއިގުޅިގެން އެއިޢުލާން ބާތިލްކޮށް މަސައްކަތުގެ މަޢުލޫމާތު ފޯމުގަ ހިމެނޭ ބައެއް މަސައްކަތްތައްކަށް ބަދަލުގެނެސް އަލުން އިޢުލާން ކުރަމެވެ.

         މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2022 އޮގަސްޓް 07 ވާ އާދިއްތަ ދުވަހުގެ 13:15އަށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2022 އޮގަސްޓް 02 ވާ ހޯމަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ  ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

 

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު (އައްޑިހަފަސް ޕަސަންޓް)
  • މަސައްކަތުގެ މުއްދަތު (ދިހަ ޕަސަންޓް)
  • ތަޖްރިބާ (ފަސް ޕަސަންޓް)

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

01 އޮގަސްޓް 2022
ހޯދާ