އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ފުރަތަމަ ރިޕޯޓާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ، އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ފުރަތަމަ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މި އޮފީހުން ފަށާފައިވުމާއެކު، އެ މުޢާހަދާގައި ބަޔާންކުރާ ޙައްޤުތައް ދިވެހިރާއްޖޭގައި ލިބިދެވޭގޮތާ ގުޅޭގޮތުން، މި ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް މި އޮފީހުން ބޭނުންވެއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވީމާ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް، 07 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 17:00 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރކުރައްވާ ފަރާތްތަކަށް ބައްދަލުވުމާގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

ރަޖިސްޓަރކުރެއްވުމަށް: https://forms.gle/9HVwje4f9Fo3pksz6

ރަޖިސްޓަރކުރުމުގެ އެންމެ ފަހުގެ ތާރީޚު: 07 އޮގަސްޓް 2022

 

 

03  މުޙައްރަމް  1444

01 އޮގަސްޓް 2022
ހޯދާ