ދިވެހިރާއްޖެ
މިސްކޫލުން ކުރި ނަންބަރ (IUL)GS45/2022/031 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރީމެވެ.
މިސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިއްމު ހަފްލާއެއްގެ ރިފްރެޝްމަންޓް ތައްޔާރުކޮށް ކޭޓަރ ކޮށްދެވޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި ރިފްރެޝްމަންޓް ތައްޔާރުކޮށް ކޭޓަރ ކޮށްދެވޭނެ ފަރާތްތަކުން 2022 އޯގަސްޓް 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2022 އޯގަސްޓް 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892508 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.