ދިވެހިރާއްޖެ
ބާރަށުގައި ކުނިނެގުމުގެ ޚިދުމަތް ފެށުމަށް ބޭނުންވާތީ، ރަށުގެ ގޭބީސީ ތަކުންނާއި، ސަރުކާރާއި، ސަރުކާރު ހިމެނޭ ޢިމާރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި، ސިނާއީ މަސައްކަތް ކުރާ ތަންތަނުން ކުނިއުކާލުމަށް ރަޖިސްޓްރީ ކުރައްވަންވާނެއެވެ.
ވީމާ، ހުރިހާ ފަރާތްތަކަކުން ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު މިއަދު 01 އޯގަސްޓް 2022 އިން 14 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އެގޮތުން ރަޖިސްޓްރީވުމަށް ބޭނުންވާ ފޯރމް މިއިދާރާއިންނާއި، މިއިދާރާގެ ވެބްސައިޓް baarah.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ
03 މުޙައްރަމް 1444
01 އޯގަސްޓް 2022