ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ ބަނދަރު ސަރަޙައްދުން އައިސް ޕްލާންޓެއް އެޅުމަށް ބިން ކުއްޔަށް ދޫކުރުން

ތ.ގުރައިދޫގައި އައިސް ޕްލާންޓެއް އެޅުމަށް ބަނދަރު ސަރަޙައްދުގެ ހުޅަނގު ދެކުނުން 100 ފޫޓް ދިގު އަދި 50 ފޫޓްގެ ފުޅާ ބިމެއް ކުއްޔަށް ދިނުމަށް 26 ޖޫން 2022 ވަނަ ދުވަހު ކުރި ނަންބަރު (IUL)386/386/2022/47 އިޢުލާނަށް ޝަރުޠު ހަމަވާވަރަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި ބިން އަލުން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 09 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. މި ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯރމް މި އިދާރާގެ އިން ލިބެން ހުންނާނެއެވެ.

            ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 10 އޮގަސްޓް 2022 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި އިޢުލާނާއެކު އައިސް ޕްލާންޓްގެ ޗާރޓް އަދި މަޢުލޫމާތު ކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 އޮގަސްޓް 2022 ވަނަދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ  18 އޮގަސްޓް 2022 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު އަދި ބީލަމުގެ އިޢުލާން ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ.

01 އޮގަސްޓް 2022
ހޯދާ