ދިވެހިރާއްޖެ
ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށްއަމިއްލަ ތަކެތީގައި މި ސްކޫލުގެ ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ތާރީޙް |
ވަގުތު |
||
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
08 އޮގަސްޓް 2022 އިން 11 އޮގަސްޓް 2022 އަށް |
11 އޮގަސްޓް 2022 ގެ މެންދުރު 12:00ގެ ކުރިން |
އަންދާސީ ހިސާބު ހުށަހެޅުން/ބިޑް ހުޅުވުން |
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި |
14 އޮގަސްޓް 2022 |
މެންދުރު 12:00 އަށް |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ސްކޫލުން އީމެލް ކުރާނެ ވާހަކަދެންނެވީމެވެ.
ނޯޓް: ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 08 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ފުނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]