ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް އިންދުމާއިގުޅޭ

ރަށުގެ އެކި ސަރަހައްދުތަކާއި ހާއްސަކޮށް މަގުހެދުމަށާއި ކުނިކޮށިއެޅުމަށް ސާފުކުރެވިފައިވާ ސަރަހައްދުގައި ކައުންސިލްގެ ހުއްދަނެތި ބައެއް ފަރާތްތަކުން ރުއްގަސް އިންދަމުންދާކަން މިކައުންސިލައްވަނީ ފާހަގަކުރެވިފައެވެ. މިސަރަހައްދުތަކަކީ ކައުންސިލުން ބޮޑު ހޭދައެއްކޮށް ސާފުކުރެވިފައިވާ ސަރަހައްދުތަކަކަށް ވީހިނދު މިސަރަހައްދުތަކުގައި ރުއްގަސް ނުއިންދުމަށް މީގެކުރީގައިވެސް ވާނީ އިލްތިމާސްކުރެވިފައެވެ. ވީމާ، މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށާއި ރަށުގެ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

31 ޖުލައި 2022
ހޯދާ