ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ހިންގަމުންގެންދާ ހުޅުމީދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/I/2014/27 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ބަޔާން ކުރެވިފައިވާ ނަންބަރު އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވޭނީ 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 އަށް ހުޅުމީދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިއުމަންޓް ނަންގަވާ ފަރާތްތަކަށެވެ. ބީލަން ދޫކުރެވޭނީ ޕްރިންޓް ކޮށްފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އެވެ.
15 ޛުލްޙިއްޖާ 1435