ދިވެހިރާއްޖެ
ދެންނެވުން
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ވާރކްޕާމިޓް މެޑިކަލް ހެދުމުގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތައް (އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ، ވި.ޑީ.އާރް.އެލް އަދި ޓީބީ ހުރިތޯ ބެލުމަށްޓަކައި ފުއްޕާމޭގެ އެކްސްރޭ) ނުހަދައި މެޑިކަލް ސެޓުފިކެޓު ދޫކުރާކަން މިމިނިސްޓްރީއަށް ދަނީ ފާހަގަ ކުރެވެމެންނެވެ. މީގެތެރެއިން ގިނަ ބަލިތަކަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ނުވަތަ މަދު ބަލިތަކެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީން މިބަލިތަކަށް ޓެސްޓް ހެދުމުގެ މަޤުޞަދަކީ، ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އިތުރުވިޔަ ނުދިނުމަށާއި، ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ އަދި މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ތިބި މީހުންތޯ ކަށަވަރު ކުރުމެވެ. ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ގިނަ ބިދޭސީންނަކީ މިފަދަ ބަލިތައް ގިނަ ޤައުމުތަކުން އަންނަ މީހުން ކަމަށްވާތީ، މިފަދަ ބިދޭސީން މިބަލިތަކަށް ޓެސްޓު ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ.
ވާރކްޕާމިޓް މެޑިކަލް ހެދުމުގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓްތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ލިސްޓު ތިރީގައި މިދަންނަވަނީއެވެ. މިގޮތުން، ހެދޭ ޓެސްޓްތަކުގެ ތެރޭގައި، ގައިން ގަޔަށް އަރާ ބަލިތަކުގެ (VDRL, HBsAb, HIV, Chest X-ray for TB) ތެރެއިން އެއްވެސް ބައްޔަކަށް ޕޮޒިޓިވް ވެއްޖެނަމަ މެޑިކަލް ސެޓުފިކެޓު ދޫނުކޮށް އަދި ހަމަޖެހިފައި އޮންނަ އެސޫލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގެވުމަށްވެސް ހަނދުމަކޮށްދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 3310908 ނަންބަރާ ފޯނުން ގުޅުއްވުން އެދެމެވެ.
ވާރކްޕާމިޓް މެޑިކަލް ހެދުމުގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓްތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ލިސްޓު:
Hb
TC
VDRL
HBsAg
HIV
Chest X-ray for TB
Physical Examination
އަދި ދަންނަވަމެވެ. ވާރކްޕާމިޓް މެޑިކަލް ހެދުމަށް މިމިނިސްޓްރީން ހުއްދަދެވިފައިވާ ހެލްތު ފެސިލިޓީތަކުގައި މިކަން ކުރެވެމުންދަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްތޯ ބަލައި ޗެކްކުރެވޭނެއެވެ. އަދި މަތީގައި ދެންނެވިފައިވާ ޓެސްޓުތައް ނުހަދައި ވާރކްޕާމިޓް ދޫކުރާ ފަރާތްތަކާ ދޭތެރޭ މިމިނިސްޓްރީން ފިޔަވަޅު އަޅާނެވާހަކަވެސް ދެންނެވީމެވެ.
- "ވާރކްޕާމިޓް މެޑިކަލް" ދޫކުރަންވާނީ މި ދެންނެވުމާ އެކުގައިވާ ސާންޕަލާ އެއްގޮތަށް ކަމުގައި ދެންނެވީމެވެ.