މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލާނާގެ ބިލްޑިންގގެ ދެކުނުން އޮތް ހުސްބިމުގައި ހަދާފައިވާ ވަގުތީ ޕާރކިންގައި ހުރި ރަޖިސްޓަރީ ނަންބަރު ނެތް އުޅަނދު ފަހަރާއި، ހަލާކުވެފައިހުރި އުޅަނދުފަހަރު އަދި ޓެކްސީތައް ނަގަން އެންގުން

ވެލާނާގެ ބިލްޑިންގގެ ދެކުނުން އޮތް ހުސްބިމުގައި ހަދާފައިވާ ވަގުތީ ޕާރކިންއަކީ ސަރުކާރު އޮފީސްތަކުގައި އުޅުއްވާ މުވައްޒަފުންނާއި، އެއޮފީސްތަކުގެ ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ވެހިކަލްތައް ޕާރކް ކުރުމަށް ހަދާފައިވާ ތަނެކެވެ. އަދި އެބިމުގެ އިރުން ގާ ނާތުރާ އޮތް ބަޔަކީވެސް އެޕާރކިންއާ އެއްގޮތަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ތަނެކެވެ.

ޕާރކް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ރަޖިސްޓަރީ ނުކުރާ، ނުވަތަ ރަޖިސްޓަރީ ނަންބަރު ނެތް އެއްގަމު އުޅަނދުފަހަރާއި، ހަލާކުވެފައިވާ އުޅަނދުފަހަރު އަދި ޓެކްސީ ޕާރކޮށްފައި ގިނަދުވަސްތަކެއް ވަންދެން ބެހެއްޓުމުންނާއި، 24 ގަޑިއިރަށްވުރެ ގިނައިރު އެއްތަނެއްގައި އުޅަނދުފަހަރު ޕާރކްކޮށްފައި ހުރުމުން އެޕާރކިންގެ ބޭނުން އެދެވޭގޮތެއްގައި ހިފުމުގެ ފުރުޞަތު ނެތިގެންދެއެވެ.

ވީމާ، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެފަދަ އުޅަނދުތައް އެޕާރކިންއިން ނެންގެވުމަށް އަންގަމެވެ. އެމުއްދަތުގެ ތެރޭގައި ނުނަންގަވާ ހުންނަ އުޅަނދުފަހަރު މިއިދާރާއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ނަގަމުންގެންދާނެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ