އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި, ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާާބުކުރުމުގައި ޢަމަލުކުރާނެެ ގޮތުގެ އުސޫލު، ދިވެހިރާއްޖޭގެ ސުުޕްރީމް ކޯޓުގެ ނަންބަރު: 06/SC-SJ/ފ2014 (14 އޮގަސްޓު 2014) ކޯޓު އަމުރާ ގުޅިގެން އިޞްލާޙުކުރުމަށްފަހު ޢާންްމުކުރީމެވެ. އަދި މި އިންތިޚާބުކުރުމަށް ބާއްވާ ވޯޓުނެގުން 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ހަވީރުު 16:30 އަށް ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމުގައި ހިމެނޭ ޤާނޫނީ ވަކީލުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ. މި ދެންނެވި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ޝަރުޠުތަައް ފުރިހަމަ ވާންވާނެއެވެ.

(ހ) ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ވަކީލެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކޮށްފައިވާ ފަރާތެއްކަމުގައިނުވުން.

(ށ) ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) އަދި (އ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކޮށްފައިވާ ފަރާތެއްކަމުގައިނުވުން.

(ނ) ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ ވަކީލެއްގެ ކިބައިގައި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައިވުން.

(ރ) ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ ވަކީލަކީ ފަނޑިޔާރަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިނުވުން.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމުގައި ހިމެނޭ ޤާނޫނީ ވަކީލުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

  1. މެންބަރުކަމަށް އެދޭ ފަރާތުން ފުރިހަމަކޮށްފައިވާ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ ޤާނޫނީ ވަކީލުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު"
  2. މެންބަރުކަމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. މެންބަރުކަމަށް އެދޭ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ހަތަރު ފޮޓޯ
  4. އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ކޮޕީ
  6. މެންބަރުކަމަށް އެދޭ ފަރާތުން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމުގައި ހިމެނޭ ޤާނޫނީ ވަކީލުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އާ ހަމަޔަށް އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމުގައި ހިމެނޭ ޤާނޫނީ ވަކީލުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ޛުލްޙިއްޖާ 1435  

02 އޮކްޓޫބަރު 2014
ހޯދާ