ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ސްކޫލްތަކުގެ 1 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން މި އަތޮޅު ސްކޫލްތަކުގެ ގްރޭޑް 8 އިން 12 އަށް ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް " ލާމަސީލުލާމު ސްކޫލްތަކުގެ 1 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތް" މި ނަމުގައި މިއަހަރު ސެޕްޓެންބަރު 02 އިން 03 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދެއްވުމުގެ މުބާރާތް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މުބާރާތް ހޯސްޓްކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ މިއަތޮޅުގެ ކައުންސިލް އިދާރާތަކާއި ސްކޫލްތަކުން މުބާރާތް ހޯސްޓްކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 2022 އޮގަސްޓް 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހަޅެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރުމަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއިއެކު އާންމު ކުރީމެވެ. މުބާރާތް ހޯސްޓް ކުރާ ފަރާތަށް -/15000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

31 ޖުލައި 2022
ހޯދާ