މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމިނިސްޓްރީގެ ފަރާތުން ދ.ކުޑަހުވަދޫގައި އެނަރޖީ ދުވަސް ފާހަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަފްލާއަށް ސްޕީޑް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ދަތުރު

ތާރީޚު

ބައިވެރިންގެ އަދަދު

މާލެ - ދ.ކުޑަހުވަދޫ

21 އޮކްޓޫބަރު 2014

14

ދ.ކުޑަހުވަދޫ - މާލެ

23 އޮކްޓޫބަރު 2014

14

 

ދަތުރު

ތާރީޚު

ބައިވެރިންގެ އަދަދު

މާލެ - ދ.ކުޑަހުވަދޫ

22 އޮކްޓޫބަރު 2014

21

ދ.ކުޑަހުވަދޫ - މާލެ

22 އޮކްޓޫބަރު 2014

21

  • ސްޕީޑް ލޯންޗުގެ ސައިޒު: 36 ފޫޓަށްވުރެ ކުޑަ ނުވުން،
  • ނުތެމޭނޭ ގޮތަށް މަތި އަދި އަރިމަތިން ހިޔާކުރެވިފައިވާ ލޯންޗަކަށް ވުން

ހުށަހަޅަންވީ ތަކެތި:

  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް މިޚިދުމަތް ކޮށްދެވޭނެ އަގު:
  • މަތީގައިވާ 2 ތާވަލަށް ވަކި 2 ކޯޓޭޝަން:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

މި މަސައްކަތަށް ހުށަހެޅޭ ކޯޓޭޝަން އެވޯޑު ކުރެވޭނެގޮތް:

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަނާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ ކޯޓޭޝަނަށް ބަލައި އެންމެ އަގު ހެޔޮކޮށް އަގު ހުށަހަޅާ ފަރާތަށް އެވޯޑް ކުރެވޭނެއެވެ.  

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މިމިނިސްޓްރީގެ ފަރާތުން ދ.ކުޑަހުވަދޫގައި އެނަރޖީ ދުވަސް ފާހަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަފްލާއަށް ލޯންޗް ދަތުރު ކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-PRCU/1/2014/65)

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:

  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018337 ނަންބަރު ފޯނަށެވެ.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
  • ހަނދުވަރީ ހިނގުން، މާފަންނު
  • މާލެ، 20392
  • ދިވެހިރާއްޖެ.
  • އީމެއިލް: [email protected]
09 އޮކްޓޫބަރު 2014
ހޯދާ