އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޯން ބެހެއްޓުމާއި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
އެއަރކޯން ބެހެއްޓުމާއި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.
މިއޮފީހުގެ އިޢުލާން ނަންބަރު IUL)460/460/2014/1010) އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިއޮފީހުގައި އެއަރކޯން ބެހެއްޓުމާއި، ބޭނުންކުރާ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހަޅުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1435
09 އޮކްޓޫބަރު 2014
ހޯދާ