ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން
މި އިދާރާގެ ލޯގޯ ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)415/415/2022/102 އިޢުލާނާއި ގުޅިގެން ހުށަހެޅި އެއްވެސް ލޯގޯއެއް ޝޯޓްލިސްޓްވެފައި ނުވާތީ، ލޯގޯ ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ވަޑައިގެން ޑިޒައިން ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯގޯ ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން، ހޮވޭ ފަރާތަކަށް 10،000.00 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާނެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ލޯގޯގެ ޑިޒައިން ހުށަހެޅުން |
15 އޯގަސްޓް 2022 |
ހޯމަ |
13:00 |
ތިނަދޫ ކައުންސިލުގެ އިދާރާ |
މި ޢިއުލާނާއިއެކު މި މަސައްކަތުގެ މައުލޫމާތު ޝީޓު އެއްކަރުދާސް ކުރެވިފައިވާނެއެވެ.