ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކައުންސިލުގައި ބޭނުންކުރަމުންދާ އިންޓަރނެޓް ޕެކޭޖް އަޕްގްރޭޑް ކުރުމަށް ބޭނުންވެގެން ކުރި ނަންބަރު: 1/2014/17/CA-ފ219(IUL)ފ(24 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ، މިކަމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
12 އޮކްޓޫބަރު 2014 (އާދީއްތަ) ދުވަހުގެ 14:00 އަށް |
16 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003886 ނުވަތަ 3003995 ނަންބަރު ފޯނާއެވެ.
08 ޛުލްޙިއްޖާ 1435