ދިވެހިރާއްޖެ
އިޢުލާނު ނަންބަރު: (IUL)391/391/2022/27
އިޢުލާނު
ގުދަނުގެ އިމާރާތް ކުއްޔަށް ދިނުން
ކޮޅުމަޑުލު ތިމަރަފުށީ ބަނދަރުގެ ހުޅަނގުދެކުނު ސަރަހައްދުގައިވާ ވެއަރހައުސް އިމާރާތް ކުއްޔަށް ދޫކުރުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ނަންބަރު 11/2022
އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ މިދެންނެވި އިމާރާތް ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް
ފުރުޞަތު ހުޅުވާލަމެވެ.
އަކަފޫޓަކަށް ޖެހޭ ރޭޓު (އެންމެ ކުޑައަގު) |
އިމާރާތުގެ ބޮޑުމިން (އަކަފޫޓުން) |
މަހުކުލި (އެންމެކުޑަ) |
75/0 ރުފިޔާގެ ރޭޓުން |
11،250 |
8،437.50 ރުފިޔާ |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
މިއިމާރާތަށް އެދި ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް"
ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ފޯމް އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 އޯގަސްޓު 2022 (އަންގާރަ) ދުވަހުން
ފެށިގެން 09 އޯގަސްޓު 2022 (އަންގާރަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ
ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު
ނަމްބަރ: 7725700323001 (REVENUE 1) އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މމިގޮތުން އީމެއިލް
މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް
އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ވެއަރހައުސް އިމާރާތް ކުއްޔަށް ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމާއި ގުޅިގެން ވަކި މަޢުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ
01 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ. މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 22 އޯގަސްޓު 2022 ވާ
ހޯމަ ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ.
އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ވެއަރހައުސް އިމާރާތް ކުއްޔަށް ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 23 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 12:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ
ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް
ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 23 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ
މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
25 ޖުލައި 2022