ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ ކުއްޔަށް ދިނުން

 

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ރަށްވެހިގެ އާއި އެބިމުގައިވާ އެންމެހާ އިމާރާތްތައް ކުއްޔަށް ދިނުން

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އިމާރާތް 05 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

#

ކުއްޔަށް ދޫކުރާތަނުގެ ނަން

ހުށަހެޅޭނޭ އެންމެ ކުޑައަގު

ކުއްޔަށް ދޫކުރާ ތަނުގެ ބޮޑުމިން (އަކަފޫޓުން)

1

ރަށްވެހިގެ

-/5000 ރުފިޔާ

7215

ބިޑުގައި ބައިވެރިވުމަށް ރެޖިސްޓަރވުން

ބީލަމުގައި ބައިވެރިވުމަށް  އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓަރ ވުމަށް 31 ޖުލައި 2022 (އާދިއްތަ) ދުވަހުގެ 13:00 ގެ ކުރިން މި އިއުލާނާއެކުގައިވާ ރެޖިސްޓްރޭޝަން ފޯމު ފުރުއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected]) މެއިލްކޮށް ދެއްވުން އެދެމެވެ. ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގައިންނާނެ ވާހަކަ ދަންނަވަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 02 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ.  މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 03 އޯގަސްޓު 2022 ވާ ބުދަ ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 07 އޯގަސްޓު 2022 ވާ އާދިއްތަ ދުވަހުގެ 10:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 07 އޯގަސްޓު 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

25 ޖުލައި 2022

25 ޖުލައި 2022
ހޯދާ