| -    މުވައްޒަފު ކިޔަވައިދެއްވާ ކުލާސްތަކާއި އެހެނިހެން ކުލާސްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނަށް ތަޢުލީމު ދިނުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ދެވޭ ތަޢުލީމަކީ އެކުއްޖެއްގެ ފެންވަރުގައި ދެވޭތައުލީމަކަށް ހެދުން. -          ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކްލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. -          ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން -          ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން. -          ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް  މާކުކުރުން. -          ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން -          ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން. -          ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން. -          ޕޭރަންޓް ޓީޗަރ މީޓިން ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން. -          ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން. -          ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން. -          ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން. -          ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޙްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. -          ރިލީފް ގަޑި ނެގުން. -          ސްކޫލުގައި ހިންގާ ކުލަބު ޙަރަކާތްތައް ހިންގުން -          ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން. -          ސްކޫލުގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޙަރަކާތްކުގައި ބައިވެރިވުން. -          މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން. -          ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން. -    މަސައްކަތް ކުރަންޖެހޭ ވަގުތަކީ ދުވާލަކު 3 ގަޑިއިރެވެ. -    ޓީޗަރުންގެ މަސައްކަތްބެލުމާއި، ލެސަންޕްލޭންތައް ޗެކުކުރުމާއި، ފިލާވަޅަށް ތައްޔާރުވެފައިވާ މިންވަރުބެލުމާއި، ރަނގަޅުކުރަން ފެންނަކަމެއްވާނަމަ ކިޔަވައިދޭން ފެށުމުގެ ކުރިން ބުނެދިނުން. -          ދުވަހުންދުވަހަށް ހިނގާ ކަންކަން މޮނިޓަރ ކުރުމާއި ހަފުތާގެތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ޙާޞިލްވިތޯބެލުމާއި އެސެސްމެންޓްތައް ކުރިޔަށްގެންދިއުމާއި، ޓާރމު ނިމުމުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި މަސް ނިމުމުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ކުރިޔަށްދާގޮތް ބެލުމާއި އެމަސައްކަތް ފުރިހަމަކުރުން. -    ދެވޭތައުލީމަކީ ރޭވިގެން ރަނގަޅަށް ތައްޔާރުވެގެން ދެވޭތައުލީމަކަށްވުމަށް މަސައްކަތްކުރުން. -    ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ކިޔަވައިދިނުމަށް ރަނގަޅަށް ތައްޔާރުވުމާއި އަދި އެކަމަށް ބޭނުންވާތަކެތި ކައުންސިލަށް ހުށައަޅައިގެން ހޯދުން. -    ކިޔަވާކުދިންގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން. -    ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތް ހަވާލުކުރުމުގެ ކުރިން ބަލާޗެކްކޮށް ރަގަޅުކުރަންޖެހޭނަމަ އެކަމެއްރަގަޅުކުރުން. -    ދުވަހުންދުވަހަށް ކުލާހުގައިދެވޭމަސައްކަތް ރެކޯޑްކޮށް ބެލެހެއްޓުން. -    ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއިގުޅިގެން އެމުވައްޒަފުންގޮވައިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން. -    ކުޑަކުދިންނާއިއެކު އުޅެވޭފަދަ މިޒާޖެއްގެމީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ކެތްތެރިކަމާއި އުފެއްދުންތެރި ހިޔާލުތަނަވަސް އަދި ވިސްނައިގެން ކަންކަންކުރާ ރޭވުންތެރިމީހަކަށްވުން. -    ސްކޫލުން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތް ނުވަތަ މުބާރާތްފަދަ ކަންކަމުގައި އެހީތެރިވުން. -          ސްކޫލުހިންގުމާ ހަވާލުވެފައިވާ ފަރާތުން އަންގާ ކިޔަވައިދިނުމާއިގުޅޭ ރަސްމީކޮންމެމަސައްކަތެއްކުރުން.  |