ދިވެހިރާއްޖެ
މިފެކަލްޓީއިން ކޮށްފައިވާ އިޢުލާން ނަންބަރު FHTS-2014-03-ފ153 އަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި ފެކަލްޓީގައި ހިންގާ ކޯސްތަކާބެހޭ މަޢުލޫމާތު ހިމެނޭ ބުކްލެޓް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ބުކްލެޓް ޗާޕުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، ސޯސަންގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑީގައި އެކަންޏެވެ.
08 ޛުލްޙިއްޖާ 1435