ދިވެހިރާއްޖެ
ފައިނޭންޝަލް ކޭޕަބިލިޓީ ދެނެގަތުމާބެހޭ ޤައުމީ ފެންވަރުގެ ސަރވޭއެއް ފަރުމާކޮށްދިނުމަށާއި، މި ސަރވޭ ކޮށްދިނުމަށް ޝައުޤުވެރިވާކަން ބަޔާންކޮށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) ހުށަހެޅުމުގެ ދަޢުވަތު
ވާރލްޑް ބޭންކުގެ އެހީގައި މިއޮފީހުން ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ބޭނުމަށް ފަރުދީގޮތުން މާލީކަންކަން އެނގޭ މިންވަރާއި، މާލީ ވަސީލަތްތަކާއި ޚިދުމަތްތައް ބޭނުން ކުރުމާއި، މި ކަން ކަމާބެހޭ ނިންމުންތައް ނިންމުމުގެ ޤާބިލުކަން (ފައިނޭންޝަލް ކޭޕަބިލިޓީ) ހުރި މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ސާރވޭއެއް ކުރުމަށް ބޭނުންވެއެވެ.
މި މަސައްކަތަކީ ވާރލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫޢެއްގެ ދަށުން ކުރެވޭ މަސައްކަތަކަށް ވުމާއެކު، މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ ވާރލްޑް ބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނެ ޕްރޮކިއުމަންޓް މެތަޑަކީ "ލީސްޓް ކޮސްޓް ސެލެކްޝަން" (LCS) މެތަޑެވެ. އެހެންކަމުން، މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، މި މަސައްކަތަށް ފަންނީ އަދި މާލީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. މި ދެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ މިއޮފީހުން ދޫކުރާ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރު.އެފް.ޕީ)އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެހެންކަމުން، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ މިފަދަ ކޮންސަލްޓެންސީ މަސައްކަތް ކުރައްވާ ކުންފުނިތަކަށްް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) މި އޮފީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެެ. މިގޮތުން ހުށަހަޅުއްވާ އީ.އޯ.އައި ގައި ޝައުޤުވެރިވެލައްވާ ފަރާތުގެ ޕްރޮފައިލާއި، މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދިނުމުގައި ބެލެވޭނެ އެންމެހާ މަޢުލޫމާތު ހިމެނުއްވުން އެދެމެވެ. އީ.އޯ.އައި އިވޭލުއޭޓް ކުރުމުގައި ބޭނުން ކުރާނެ ކްރައިޓީރިއާ އާއި، އީ.އޯ.އައި ހުށަހަޅުއްވާނެ ގޮތުގެ އިތުރު ތަފުސީލު އަދި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް، މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީ މަގު، 20379
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3309908
ފެކްސް ނަންބަރު: 3307759
އީމެއިލް: [email protected]