ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ.
ނަންބަރ:245/245/2022/41(IUL)
އިޢުލާން
ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރިން ކުރި އިޢުލާން ނަންބަރ: 245/245/2022/21(IUL) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް ބީލަމަށް ހުޅުވާލަމެވެ.
ހއ. އުލިގަމު ކުނިގޮނޑުގެ ކުނި އަންދާ ބެލެހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ބިޑު ރަޖިސްޓްރީކުރުން: 25 ޖުލައި 2022 ން 04 އޯގަސްޓް ގެ 14:00 ށް ހއ.އުލިގަމު ކައުންސިލްގެ އިދާރާއަށް ދުރުވެގެން ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން.
ޕްރީ ބިޑް މީޓިން: 08 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ ގެ 10:00 ގައި ހއ.އުލިގަމު ކައުންސިލްގެ އިދާރާގައި
އަންދާސީހިސާބު ހުށަހެޅުއްވުން: 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ގެ 10:00 ގައި ހއ.އުލިގަމު ކައުންސިލްގެ އިދާރާގައި
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހއ. އުލިގަމު ކުނިގޮނޑުގެ ކުނި އަންދާ ބަލަހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އަގަށް %90 މާރކްސް ، ތަޖުރިބާއަށް 10% މާރކްސް އެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ކުނިކަހާ ސާފުކުރުމުގެ ނުވަތަ ކުނިގޮނޑު ބަލަހައްޓާ އެންދުމުގެ ތަޖުރިބާ ލިބި، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ/ލިޔުމަކަށް ބަލާފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500036 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޛުލްޙިއްޖާ 1443
25 ޖުލައި 2022